ދެރަށެއްގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ހަދަނީ

ދެރަށެއްގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ގޮތުން، އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ހޮސްޕިޓަލު ފެންވަރަށް ތަރައްޤީކުރަން ނިންމާފައި ވަނީ ހދ.ނޮޅިވަރަމްފަރާއި ހއ. ...

10 Sep 2019 | 06:10

ދެރަށެއްގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ގޮތުން، އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ހޮސްޕިޓަލު ފެންވަރަށް ތަރައްޤީކުރަން ނިންމާފައި ވަނީ ހދ.ނޮޅިވަރަމްފަރާއި ހއ. ހޯރަފުށީގެ ސިއްޙީ މަރުކަޒެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ރައްމިއްޔާތެއްގައި، ނޮޅިވަރަމްފަރުގެ ސިއްޙީ މަރުކަޒުގައި އެކްސްޓެންޝަން އިމާރާތެއް އެޅުމަށް ޕާރފެކްޓް މަލަފެހި މޯލްޑިވްސް ލިމިޓެޑާ ހަވާލުކޮށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ 1.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

https://twitter.com/MoHmv/status/1171025154073194497

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ އަމީނެވެ. ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަސަނެވެ.

ހޯރަފުށި ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް، ބީ.އޯ.ކިއު ހެދުމަށް ހެލްތު މިނިސްޓްރީން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އާއި ހަވާލުކޮށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

https://twitter.com/MoHmv/status/1171027420125847552

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް