މަސްތުވާތަކެއްޗާއި އެކު ނައިފަރުން މީހަކު ހައްޔަރުކޮށްފި

ޅ.ނައިފަރުން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ. އިއްޔެ ހެނދުނު 10:43 ހާއިރު ފުލުހުން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވި...

10 Sep 2019 | 05:36

ޅ.ނައިފަރުން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެ ހެނދުނު 10:43 ހާއިރު ފުލުހުން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އޭނާ މަގުމަތީ ހިނގާފައި ދަނިކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް