ފުވައްމުލަކު ސިޓީގައިވެސް24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީ،24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދުތަކެއް ކަނޑައަޅައިފިއެެވެ.
މިކަން ހާމަކޮށް މިއަދު ވަނީ އިކޮނޮމިކް މިނިސްޓްރީން އިޢުލާނެއް ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ ފުވައްމުލަކުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާނީ ތިން ސަރަހައްދަކުން ކަމަށެވެ. އެއީ ފުވައްމުލަކު މެދު ދާއިރާ އިން ޣާޒީ މަގާއި ދެކުނު ދާއިރާ އިން މުހައްމަދު ޖަމާލުއްދީން މަގު އަދި އުތުރު ދާއިރާއިން ގެން މިސްކިތްމަގުންނެވެ.
ފުވައްމުލަކުގައި24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާނީ އެ ސިޓީގެ، ކައުންސިލަށެވެ.
24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާނީ އެކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން ޝަރުތު ހަމަވޭތޯ ބެލުމަށްފަހުއެވެ. 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ދޭންވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް