ކުށްކުރާ މީހާއާ މެދުވެސް އަމަލު ކުރާނީ އިންސާފުވެރިކަމާ އެކުގައި ކަމަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ކުށް ކުރާ މީހާއާ މެދުވެސް އަޅުގަނޑުމެން އަމަލު ކުރާނީ އިންސާފުވެރިކޮށް. ބަންދުކުރަން ޖެހޭ މީހުން އިންޝާﷲ އިންސާފުގެ ތެރެއިން ބަންދު ކުރެވޭނެ،" އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.
އެ ޓްވީޓުގައި އިމްރާން އިތުރަށް ވިދާޅުވީ ސަރުކާރުގައި މިހާރު ތިއްބެވި ފަރާތްތައް ފެށުނީއްސުރެ ވަކާލާތު ކުރަމުން އައި އުސޫލުތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އެގޮތުން ބަންދުކުރަންޖެހޭ މީހުންވެސް ހައްޔަރުކުރަން ޖެހޭނީ އިންސާފުންކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިގޮތަށް ވިދާޅުވިއިރު، ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުނުކޮށް ލަސްވާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ ކުރިން ރައީސް ޔާމީނުގެ ވެރިކަމުގައި، އިމްރާން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް