އޭސީސީގެ މެމްބަރުކަމަށް 4 ބޭފުޅަކު އައްޔަނުކޮށްފި

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ. ރައީސް އިއްޔެ އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރެއްވީ: އަލްއުސްތ...

10 Sep 2019 | 04:00

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

ރައީސް އިއްޔެ އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރެއްވީ:

  1. އަލްއުސްތާޛާ ފާޠިމަތު އަނޫލާ, ގަލޮޅު ވަޑިނޮޅުގެ
  2. އަލްފާޟިލާ މަރްޔަމް ޝިއުނާ، އައްޑުއަތޮޅު ހިތަދޫ ނެދުންގެ
  3. އަލްފާޟިލާ ޢާއިޝަތު ޢަބްދުﷲ، ފާދިއްޕޮޅު ހިންނަވަރު ރޯލްގޯލްގެ
  4. އަލްފާޟިލް ޢަލީ އަޝްރަފު، ދަފްތަރު ނަންބަރު ރސ 3366

މި ބޭފުޅުންގެ ތެރެއިން ފާޠިމަތު އަނޫލާ އަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސުލުކުރައްވާފައިވާ ބޭފުޅެކެވެ. އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ.

ކޮމިޝަނަށް މިއަދު އައްޔަންކުރެއްވި މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމެވެ. ޝިއުނާ އަންނަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ކޮމިޝަނަށް އައްޔަން ކުރެއްވި ޢާއިޝަތު ޢަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަޤާމުގައެވެ. ޢާއިޝަތު ޢަބްދުﷲ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ޤައުމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ޙާސިލުކުރައްވާފައެވެ.

ޢަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގެ މަޤާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް