އިއްޔެ އަކީ ރީތި ތާރީހެކެވެ. 2019 ވަނަ އަހަރުގެ ނުވަ ވަނަ މަހުގެ ނުވަ ވަނަ ދުވަހެވެ. މި ދުވަހުގެ މި ރީތި ތާރީހުގެ ފުރިހަމަ ބޭނުން ހިފައި މެލޭޝިޔާގެ 99 ޖޯޑު ލޯބިވެރިން މިވަނީ ކައިވެނީގެ ގޮށް އިއްޔެ ޖަހާލާފައެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި މި ބިޔަ ބޮޑު ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައެވެ.
ރަސްމިއްޔާތު ކުރިއަށްދިޔަ ގިނަ ޖޯޑުތަކުގެ ފިރިހެންވެރިން ލައިގެން ތިބީ ކަޅު ކޯޓެވެ. އަންހެންވެރިން ހުދު ހެދުމެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަށް ރަތް ހެދުމުގައި ތިބި ބަޔަކުވެސް ތިބިކަމަށްވެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ރަތް ކުލައަކީ އުފަލާއި ހެޔޮ ނަސީބާއި ގުޅިފައިވާ ކުލައެކެވެ.
މި ކައިވެނީގެ ހުވައިލައިދީ ކައިވެނީ ކަންކަން ކުރިއަށްގެންދިޔަ މީހުންވެސް ތިބީ ރަތް ކުލައިގެ ހެދުން އަޅައިގެން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ކައިވެނީގެ ހަފްލާއަކީ ކުއަލަ ލަމްޕޫރުގެ ޗައިނާ ދަރިފަސްކޮޅަށް ނިސްބަތްވާ ސަރަހައްދުގައި ކުރިއަށްގެންދިޔަ ހަފްލާއެކެވެ. އެ ގައުމުގެ 32 މިލިޔަން މީހުންގެ އާބާދީގެ 23 އިންސައްތައަކީ ޗައިނާ ދަރިފަސްކޮޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް