ބްރިޖު ހުރަސްކޮށް ޓެކްސީގައި ދަތުރު ކުރެވޭ އަގުތައް ކަނޑައަޅައިފި

ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެ އާއި ހުޅުލެއަށް ޓެކްސީގައި ދަތުރު ކުރެވޭ އަގުތައް ޓްރާންސްޕޯޓު އޮތޯރިޓީން އާންމުކޮށްފި އެވެ. އެ އޮތޯރިޓީން ބުނީ މާލެ އިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެ އަށ...

10 Sep 2018 | 14:39

ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެ އާއި ހުޅުލެއަށް ޓެކްސީގައި ދަތުރު ކުރެވޭ އަގުތައް ޓްރާންސްޕޯޓު އޮތޯރިޓީން އާންމުކޮށްފި އެވެ.

އެ އޮތޯރިޓީން ބުނީ މާލެ އިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެ އަށް ދަތުރު ކުރުމަށް ދަތުރަކަށް ނެގޭނީ ގިނަވެގެން 40 ރުފިޔާ ކަމަށެވެ. މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ދަތުރަކަށް ނެގޭނެ ކަމަށް ކަނޑައަޅާފައިވަނީ 35 ރުފިޔާ އެވެ.

ރޭގަނޑު 12:00 ގެ ފަހުން އެ ދެ ތަނަށް ކުރާ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ އަދި ޑިކީއަށް އެއްޗެހި ލާނަމަ އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ބުނެފައިވެ އެވެ.

ސައިކަލު ޓެކްސީގައި މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ނެގޭނެ ކަމަށް ކަނޑައަޅާފައިވަނީ 20 ރުފިޔާ އެވެ. އަދި މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ދަތުރަކަށް ނެގޭނެ ކަމަށް ކަނޑައަޅާފައިވަނީ 15 ރުފިޔާ އެވެ.

ބްރިޖު ހުރަސްކޮށް ހުޅުލެ އާއި ހުޅުމާލެއަށް ކުރާ ޓެކްސީ ދަތރުތަކުގެ އަގު ކޮންޓްރޯލް ކުރި އިރު މިދިޔަ ތިން ދުވަހު އެ ދަތުރުތަކަށް އާންމުންގެ އަތުން ވަނީ 150 އާއި 250 އާއި ދެމެދުގެ އަގެއް ޓެކްސީ ޑްރައިވަރުން ނަގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް