ޒަކާތު ފަންޑުން 31 ފަރާތަކަށް ސްކޮލާޝިޕް ދީފި

މަތީ ތައުލީމު ހާސިލް ކުރަން ޒަކާތު ފަންޑުން ދޫކުރާ ސްކޮލާޝިޕް 31 ފަރާތަކަށް ދީފި އެވެ. އެ ފަރާތްތަކަށް ސްކޮލާޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައި އެވެ. މިއަހ...

10 Sep 2018 | 10:07

މަތީ ތައުލީމު ހާސިލް ކުރަން ޒަކާތު ފަންޑުން ދޫކުރާ ސްކޮލާޝިޕް 31 ފަރާތަކަށް ދީފި އެވެ.

އެ ފަރާތްތަކަށް ސްކޮލާޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައި އެވެ.

މިއަހަރު ޒަކާތު ފަންޑުގެ އެހީގައި ކިޔަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން 87 ފަރާތަކުން ކުރިމަތިލި އެވެ. އިސްލާމިކް މިނިސްޓްރީން ހުޅުވާލީ 73 ފުރުސަތެވެ. އެ މިނިސްޓްރީން ބުނީ ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސްކޮލާޝިޕް ދީފައިވަނީ ޝޯޓްލިސުކޮށް އޭގެ ފަހުން އިންޓަވިއުކޮށް ފައި ކަމަށެވެ.

މިއަހަރު ސްކޮލާޝިފް ދީފައިވަނީ ދީނީ ދާއިރާއިން 14 ފަރާތަކަށް، ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން ތިން ފަރާތަކަށް، ސިއްހީ ދާއިރާއިން 11 ފަރާތަކަށް، އިންޖިނިއަރިން ދާއިރާއިން ދެ ފަރާތަކަށް އަދި ގާނޫނީ ދާއިރާއިން އެއް ފަރާތަށެވެ.

އިސްލާމިކް މިނިސްތްރީން ބުނީ އެ ފަންޑުގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލަނީ ސަރުކާރުގެ ސްކޮލާޝިޕެއްގައި ކިޔަވުމުންދާ ދަރިވަރުން ފިޔަވައި، މަތީ ތައުލީމުގެ ދާއިރާތަކުން ކިޔަވަމުންދާ އަދި އެކި ސަބަބުތަކާހުރެ ކިޔެވުން މެދުކެނޑިފައިވާ، ފަރާތްތަކަށް، އެފަރާތްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް