ސެޕްޓެމްބަރ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފުލުހުން ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން ހިންގި އޮޕަރޭޝަން ބްލޫ ވޭވްގެ ފުލްސްކޭލް އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސެޕްޓެމްބަރު 5ން 10ށް ކުރިއަށްގެންދިޔަ މި އެކްސަސައިޒުގައި އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހު ނުވަތަ އޭގެ ކުރިންނާއި އަދި ފަހުންވެސް ހިނގާފާނެފަދަ ޙާދިސާތަކުގެ މައްޗަށް ބަލައި ތަފާތު ސިނާރިއޯތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ފަރިތަކުރުންތައް މާލޭ ހިމެނޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި އެކްސަސައިޒްގައިވަނީ ފުލުހުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމާއި ބްލޫ ވޭވް އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އެކި ޓީމްތަކާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރާ ގޮތްތައް ބަލައި އެސެސް ކޮށްފައެވެ.
މާލެއާއި އަތޮޅުތަކުގައި މި އެކްސަސައިޒް ކުރިއަށް ގެންދިޔުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވރަށް ބޮޑު އެއްބާރުލުމެއް ލލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް