މާލެ މަގެއްގެ މަތިން ފެނުނު ގިނަ އަދަދެއްގެ ފައިސާތަކެއްގެ ވެރި ފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ އެ ފައިސާތައް ފެނިފައިވަނީ ޝަހީދު މުހައްމަދު ހުސައިން މަގުން ކަމަށެވެ. އެ ފައިސާތަށް މަގުމަތިން ފެނިފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެ ފައިސާތަށް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެކަމަކު ފެނިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ފައިސާ ފެނުނީ ފުލުހުންނަށް ކަމެއް ނުވަތަ އާންމު މީހަކަށް ކަމެއްވެސް ހާމައެއް ނުކުރެ އެވެ.
އެދިފައިވަނީ ފައިސާގެ ވެރި ފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅައި ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ފުލުހުންގެ މައި އިދާރާއަށް ހާޒިރުވެ، ފައިސާއާއި ހަވާލު ވުމަށެވެ.
މިއީ މި ފަހަކުން މިގޮތަށް މަގުމަތިން ފެނުނު ފައިސާ ތަކެއްގެ ވެރި ފަރާތް ހޯދަން ފުލުހުން އިއުލާނު ކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް