ސިނަމާލެ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެ ގުޅުވައިދޭ ލިންކް ރޯޑުން ވެހިކަލްތަކުގައި އެއާޕޯޓަށް ވަދެވޭ މަގު އާންމުންނަށް ހުުވާލައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޭ ބުނީ އާންމުންނަށް އެއާޕޯޓަށް ވަދޭވެގޮތަށް ހަމަޖައްސައި ވަކި ހާއްސަ ޕާކިން ޒޯންތަކެއް ހަދާފައިވާ ކަމަށެވެ. އަދި އެތަންތަނުގައި އެކަނ ޕާކް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އާންމުންގެ ވެހިކަލްތައް އެއާޕޯޓުގައި ޕާކް ކުރުމުގެ އުސޫލުގެ ދަށުން ބްރިޖާއި ރަންވޭ އިން އެއާޕޯޓަށް ވެހިކަލްގައި ދާ އުޅަނދުތައް މަޑު ކުރުމަށް ހަތަރު ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އެއީ އަމިއްލަ ވެހިކަލްތައް ޕާކް ކުރާނެ ސަރަހައްދަކާއި ފުރުމަށް ދާ މީހުން ދަތުރުކުރާ ބަސްތަކާއި އަމިއްލަ ވެހިކަލްތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލާ ދިއުމަށް ދާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލައި ދާ ބަސްތަކަށް ހާއްސަ ސަރަހައްދެކެވެ.
އެމްއޭސީއެލްއިން ބުނީ ވެހިކަލްތައް ޕާކް ކުރެވޭނީ ކަނޑައެޅިފައިވާ ފީއެއް ދައްކައިގެން ކަމަށެވެ.
އެގޮތުން ހަތަރު ފުރޮޅީ އުޅަނދަކުން ނަމަ އެއް ގަޑިއިރަށް 20 ރުފިޔާ އެވެ. އަދި ދެ ގަޑިއިރަށް ނަމަ 30 ރުފިޔާ ނަގާއިރު، ތިން ގަޑިއިރަށް 40 ރުފިޔާ އަދި އެ އަށް ވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 30 ރުފިޔާ ނަގާނެ އެވެ.
ސައިކަލްތަކަށް އެއް ގަޑި އިރަށް ނަގާނީ 10 ރުފިޔާ އެވެ. ދެ ގަޑި އިރަށް 15 ރުފިޔާ އަދި ތިން ގަޑި އިރަށް 20 ރުފިޔާގެ ފީއެއް ސައިކަލް ޕާކިން އަށް ނަގާނެ އެވެ. އަދި ތިން ގަޑި އިރަށް ވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 10 ރުފިޔާ ނަގާނެ އެވެ.
މީގެ ކުރިން އެއާޕޯޓަށް ވަދެވެނީ އެމްއޭސީއެލްއިން ހުއްދަ ދޫކޮށްފައިވާ ވެހިކަލްތަކަށް އެކަންޏެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް