އެމްއާރުއެމްއިން މާލޭގައި ޖަގަހައެއް ހުޅުވައިފި

ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ތާއީދު ކުރައްވާ ފަރާތްތަކުން އުފައްދާފައިވާ މައުމޫން ރިފޯމް މޫވްމެންޓުން މާލޭގައި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ޖަގަހައެއް ހުޅުވައ...

10 Sep 2018 | 04:48

ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ތާއީދު ކުރައްވާ ފަރާތްތަކުން އުފައްދާފައިވާ މައުމޫން ރިފޯމް މޫވްމެންޓުން މާލޭގައި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ޖަގަހައެއް ހުޅުވައިފި އެވެ.

މޮބައިން ޖަގަހައިގެ ނަން ދީފައިވާ އެ ތަން ހުޅުވައި ދެއްވީ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއި، ރަނިން މޭޓު ފައިސަލް ނަސީމެވެ.

އެ ޖަގަހަ ހުންނަނީ ރައްދެބައިމަގުގެ، ރައްދެބައި ކެފޭ ހުރިތަނުގަ އެވެ.

މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން އުފައްދާފައިވާ އެމްއާރުއެމްގައި ކުރީގެ ބައެއް މިނިސްޓަރުން ބައިވެރިވެ އެވެ. އެބޭފުޅުން ބުނެފައިވަނީ ވެރިކަން ބަދަލުވި ހާ އަވަހަށް އަސްލު ޕީޕީއެމް ފެނިގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް