ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރެއްވުމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނ އަތޮޅަށް އަދި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ތ އަތޮޅަށް ފުރާވަޑައިގެންފިއެވެ.
އިބޫ ނ އަތޮޅަށް މިއަދު ހެނދުނު ފުރާވަޑައިގެންފައިވާއިރު އިބޫގެ މި ދަތުރުފުޅުގައި އެ އަތޮޅު ލަންދޫ، މާފަރު، މާޅެންދޫ، ހެނބަދޫ، ކެނދިކުޅުދުއަށް ވަޑައިގަންނަވާނެކަމުގައި ކޯލިޝަން ކެމްޕޭނު ޓީމުން މައުލޫމާތު ލިބެއެވެ. އަދި އެއަތޮޅު ވެލިދުއަށް ވަޑައިގެން ވެލިދޫގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމުގައިވެސް ކެމްޕޭނު ޓީމުން ބުނެއެވެ.
ނ އަތޮޅު ކެމްޕޭނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ އިބޫ ށ އަތޮޅަށް ވަޑައިގަންނަވާނެކަމުގައިވެސް ކެމްޕޭނު ޓީމުން ބުނެއެވެ.
ކެމްޕޭނު ޓީމުން މައުލޫމާތުދޭގޮތުގައި ރަނިންމޭޓް ފައިސަލް ނަސީމް ތ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ އޮމަދޫ އަދި ވޭމަންޑުއަށް ފައިސަލް ވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް