ހަފްތާއަކަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި އިންޑިއާއަށް ދިޔަ އިރު ބަތަލާ ކަރީނާ ކަޕޫރުގެ ގަޔަށް ރާއްޖޭގެ ކުލަ އަރާފައި ވާ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ބުނެފި އެވެ.
ކަރީނާ އާއި އެކު ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައީ ފިރިމީހާ ސައިފް އަލީ ހާން، ދަރިފުޅު ތައިމޫރު އަލީ ހާން، ސޯހާ އަލީހާން އަދި ކުނާލް ކެންމޫ އާއި އެމީހުންގެ ދަރިފުޅު އިނާޔާ ކެންމޫ އެވެ. ޗުއްޓީ އަށް ފަހު އެނބުރި އެމީހުން ގައުމަށް ދިޔައީ ރޭގެ ވަގުތެއްގައި އެވެ.
މުމްބާއީ އެއާޕޯޓުން ކަރީނާގެ އާއިލާ ފެނިގެން ނަގާފައިވާ ފޮޓޯތައް ޖެހުމަށް ފަހު ބައެއް ނޫސްތަކުގައި ބުނެފައިވަނީ ކަރީނާގެ މޫނާއި ގައިގެ ހަންގަނޑު ގިނަ އިރު އަވީގަ އުޅުމުގެ ސަބަބުން ރަތްވެ ކޮންމެސް ވަރަކަށް އަނދާފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގައި އުޅޭ ދޮން މީހުންނަށްވެސް ވެފައި ތިބޭ ގޮތް ކަމަށެވެ.
ކަރީނާ މެން ޗުއްޓީ ހޭދަކޮށްފައިވަނީ ބ. އަތޮޅު ސޮނޭވާ ފުށީގައި އެވެ. ޗުއްޓީގެ ގިނަ ފޮޓޯތަކެއް ސޯހާ އިންސްޓަގްރާމްގައި ހިއްސާ ކުރި އިރު، އެމީހުން ވަނީ ރާއްޖޭގެ ރީތިކަން ދުނިޔެއަށް ވަރަށް ފުރިހަމަ އަށް ދައްކައިދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް