ހެނދުނު ހޭލާ ގޮތަށް ކެއުން ރަނގަޅެއް ނޫން!

ހެނދުނުގެ ނާސްތާގެ މުހިންމު ކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ހެނދުނުގެ ނާސްތާ އަކީ އުފެއްދުންތެރި ދުވަހަކަށް ހަމަ ކޮންމެހެން ޒަރޫރީ ނާސްތާއެއްކަމުގައި ދިރާސާތަކުންވެސް ދައްކާފައިވެއެވެ. ނަމަވެސް...

10 Sep 2018 | 03:08

ހެނދުނުގެ ނާސްތާގެ މުހިންމު ކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ހެނދުނުގެ ނާސްތާ އަކީ އުފެއްދުންތެރި ދުވަހަކަށް ހަމަ ކޮންމެހެން ޒަރޫރީ ނާސްތާއެއްކަމުގައި ދިރާސާތަކުންވެސް ދައްކާފައިވެއެވެ.

ނަމަވެސް ހެނދުނުގެ ނާސްތާ ކުރުން އެންމެ ރަނގަޅު ވަގުތަކީ ކޮބައިކަމާއިމެދު ސުވާލު އުފެދޭ ނޫންތޯ؟ އެވެ. ހެނދުނު ހޭލާ ގޮތަށް ނާސްތާ ކުރާނީތޯ؟ ނުވަތަ ވަކި ވަގުތެއް އެކަމަށް އޮވޭތޯ؟ މިއީ އުފެދޭ ސުވާލެކެވެ.

މި ސުވާލަށް ޖަވާބު ދެމުން ފިލަޑެލްފިއާގެ ޑައިޓީޝަނެއް ކަމުގައިވާ ތެރީޝާ ޝޭންކް "ވިމަންސް ހެލްތު މެގަޒިން"ގައި ބުނެފައިވަނީ ހެނދުނުގެ ނާސްތާ ކުރަން އެންމެ ރަނގަޅު ވަގުތަކީ ނިދާ ހޭލާ ވަގުތުން ފެށިގެން ދެ ގަޑިއިރު ފަސް ކަމަށެވެ.

ދެ ގަޑިއިރު ފަހުން ކަމަށް ތެރީސާ ބުނެފައިވާ ބުނުމަށް ބައެއް ދިރާސާތަކުންވެސް ބާރުލިބެއެވެ. އެގޮތުން މި އަހަރު ކުރީކޮޅު އެމެރިކާގައި ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުގައި ގިނަ ބަޔަކު އިއްތިފާގުވަނީ ނިދާ ހޭލުމަށްފަހު ދެ ގަޑިއިރު ފަހުން ހެނދުނުގެ ނާސްތާ ކުރުމަށެވެ. އެހެން ކަން ކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު "ސްޓެބަލައިޒް" ކޮށްދޭ ކަމުގައި ޑައިޓީޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް