ރައީސް ޔާމީންގެ ކެނޑިޑަސީ ގަބޫލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާރުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކެނޑިޑެސީ ފޯމު އެ ކޮމިޝަނުން ބަލައިގަނެ ...

10 Aug 2018 | 12:55

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާރުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކެނޑިޑެސީ ފޯމު އެ ކޮމިޝަނުން ބަލައިގަނެ ގަބޫލުކޮށްފި އެވެ.

މިކަން ހާމަކޮށް އީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ ކެނޑިޑެސީ ގަބޫލުކުރިކަމުގެ ލިޔމުން ހަވާލުކޮށްފި ކަމަށެވެ.

ރައީސް ޔާމީން ކެނޑިޑަސީ ފޯމު އިލެކްޝަނަށް ހުށަހެޅުއްވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި ތިން ބޭފުޅަކު ރިޔާސީ އިންތިހާބަށް ކެނޑިޑެސީ ފައިލް ކުރި އެވެ. އެއީ ރައީސް ޔާމީން އާއި އިދިކޮޅު ކޯލީޝަންގެ ފަރާތުން އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އަމިއްލަގޮތުން ވާދަކުރައްވަން ކެނޑިޑެސީ ހުށަހެޅުއްވި ހުސެއިން ނަސީރެވެ.

މި ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ކެނޑިޑެސީ އީސީން ގަބޫލުކޮށްފައިވާއިރު ހުސެއިން ނަސީރުގެ ފޯމް އީސީން ގަބޫލުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް