އިދިކޮޅާ ގުޅެން އުޅޭ ވާހަކަ އުމަރު ދޮގުކުރައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުމަރު ނަސީރު ވާދަ ނުކުރައްވަން ނިންމަވާފައިވާއިރު އިދިކޮޅު ކޯލީޝަންއާއި ގުޅެން އުޅޭ ވާހަކަ އުމަރު ދޮގުކުރައްވައިފި އެވެ. އެގޮތުން ދުވަހަށް ސުވާލު ކުރުމުން އުމަރު ވ...

10 Aug 2018 | 11:08

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުމަރު ނަސީރު ވާދަ ނުކުރައްވަން ނިންމަވާފައިވާއިރު އިދިކޮޅު ކޯލީޝަންއާއި ގުޅެން އުޅޭ ވާހަކަ އުމަރު ދޮގުކުރައްވައިފި އެވެ.

އެގޮތުން ދުވަހަށް ސުވާލު ކުރުމުން އުމަރު ވިދާޅުވީ "އެއީ ދޮގެއް" ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އުމަރު މިހާރު އިއުލާނު ކުރައްވާފައިވާއިރު އެކަން އިއުލާނުކުރައްވައި އުމަރު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ ފެންނަ ނުފެންނަ ވޯޓެއް ކަމުގައެވެ.

އުމަރު ވިދާޅުވެފައިވަނީ ޤައުމު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެކަމަށާއި މިރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމެވީ އެ މިސްރާބަށް ދިވެހިން ގެންގޮސްދިނުމުގެ އުންމީދުގައި ކަމުގައެވެ. ނަމަވެސް މިއަދުގެ ސިޔާސީ ހާލަތު އޮތްގޮތުން ޚަރުދަނާ ސިޔާސަތުތަކާ ޤައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށްވުރެ ބޮޑަށް ، މިރިޔާސީ އިންތިޚާބު ބަދަލުވެފައި މިވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް