ރީ ރަޖިސްޓްރޭޝަން ފޯމް ބަލައިގަތުން މިރޭ 9 ކަށް، މާދަމާ ރޭ 12 ޖަހަންދެން

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިރޭ 9 ށް އަދި މާދަމާ ރޭގ...

10 Aug 2018 | 10:45

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިރޭ 9 ށް އަދި މާދަމާ ރޭގެ ވަގުތު 12 ށް އިލެކްޝަން ކޮމިޝަނުން އިތުރުކޮށްފިއެވެ. ކުރިން މިވަގުތު އޮތީ މިއަދު ހަވީރު 5 އާ ހަމައަށް އަދި މާދަމާވެސް ފޯމް ބަލައިގަތުމަށް ކުރިން އޮތީ 5 އާ ހަމައަށެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރ އަދި ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް ވިދާޅުވީ އެގޮތަށް ނިންމެވީ ބަލްކުކޮށް ފޯމުތައް ލިބެމުން ދާތީ ކަމުގައެވެ.

" އަޅުގަނޑުމެންނަށް ގިނަ އަދަދެއްގެ ފޯމުތައް ލިބެމުންދޭ އެބަ އެއްފަހަރާ. އެގޮތުން ހަތްހާހުން ފަސްހާހުން ކަހަލަ ގޮތަކަށް އެއްފަހަރާ ފޯމްތައް ހުށަހަޅަމުންދަނީ. އެކަމަށް ވަގުތުނަގާނެތީ ވަގުތު އިތުރުކުރީ. " އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މިހާތަނަށް ރީ ރަޖިސްޓްރީ ކުރުމަށް 72،000 ފޯމް ހުށަހަޅާފައިވާ ކަމުގައެވެ.

ރީ ރަޖިސްޓްރީ ކުރުމަށް މިދިޔަ މަހުގެ 17 އިން ފެށިގެން ފުރުސަތު ހުޅުވާލާފައިވާއިރު މާދަމާއަކީ ރީ ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ދުވަހުއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް