އިހައްދުވަހު ލިފްޓު ވެއްޓުނު އިމާރާތުން ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ 24 އަހަރުގެ ބިދޭސީއެކެވެ. ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އިރު އޮއްސެ...

10 Jul 2019 | 17:31

ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ 24 އަހަރުގެ ބިދޭސީއެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އިރު އޮއްސެން ގާތްވެފައިވަނިކޮށެވެ.

"ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ބަގީޗާ ހިނގުމުގައި ޖާހް އިންވެސްޓްމެންޓުން ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ގޯންޏެއް މީހެއްގެ ބޮލަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން  ބުނެފައިވާގޮތުގައި މިހާދިސާގައި އަނިޔާވެފައިވަނީ 24 އަހަރުގެ، ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނަކަށެވެ. ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮންސްޓްރަކްޝަން މި ސައިޓަކީ މި ހަފްތާގެ ތެރޭގައި، ހަތްވަނަ ފަންގިފިލާއިން މީހަކާއެކު ލިފްޓް ވެއްޓުނު ސައިޓެވެ. އެ ހާދިސާގައިވެސް އަނިޔާވެފައިވަނީ ބިދޭސީއަކަށެވެ. ި

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް