އެފްއެންޑްބީ ޝޯގެ ދެ ނަސީބުވެރިއަކަށް ޕިރަމިޑުން ހަދިޔާ ދީފި

މި މަހުގެ ދެއަކުން ހަތަރަކަށް ދަރުބާރުގޭގައި ބޭއްވި ފުޑް އެންޑް ބެވަރެޖް ޝޯ (އެފްއެންޑްބީ ޝޯ)އަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެ ފަރާތަކަށް ޕިރަމިޑުން ގިފްޓް ހެމްޕާ ހަދިޔާ ކޮށ...

10 Jul 2019 | 07:30

މި މަހުގެ ދެއަކުން ހަތަރަކަށް ދަރުބާރުގޭގައި ބޭއްވި ފުޑް އެންޑް ބެވަރެޖް ޝޯ (އެފްއެންޑްބީ ޝޯ)އަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެ ފަރާތަކަށް ޕިރަމިޑުން ގިފްޓް ހެމްޕާ ހަދިޔާ ކޮށްފިއެވެ.

ޝޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ނަސީބުރި ތިން ފަރާތެއް ހޮވާފައިވާއިރު އެއް ފަރާތަކަށް އިއްޔެ އަދި މިއަދުވެސް ނަސީބުވެރި އެއް ފަރާތަކަށް ހަދިޔާ ވަނީ ހަވާލުކޮށްފައެވެ. ހަދިޔާ ހަވާލުކޮށްފައިވަނީ ޕިރަމިޑް ފިހާރައިގައެވެ.

ތިން ފަރާތަކަށް ޕިރަމިޑުން ދޭ މި ގިފްޓް ހެމްޕާގައި ހުންނަނީ އެ ފިހާރައިން އިމްޕޯޓްކޮށް މާކެޓްކުރާ 36 އުފެއްދުމެކެވެ. އެ ތަކެތީގެ ތެރޭގައި، އެ ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ގޯ ބްރޭންޑްގެ އުފެއްދުންތަކާއި ޓުޑޭސް ޓޭސްޓްގެ ސައިފަތާއި، ޒީބާ ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި މަންޗީ މާރީ ބިސްކޯދާއި، ސަންއަޕް ޖޫހާއި މާރިއޯ ރަސްކް އަދި ނޫޑްލްސްގެ އިތުރުން ގާޑެން ފްރެޝް ބޭކްޑް ބީންސް އާއި ރިޓްސް ބަރީ ޗޮކްލެޓް ފިންގާސް އަދި މަންޗީ ޗޮކް ޝޮކް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް