އޭސީސީގެ މެމްބަރު ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒްގެ އިތުރުން ގިނަ ބަޔަކު ކުރިމަތިލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމާއެކު ގިނަ ބަޔަކު ކުރިމަތިލައިފިއެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ދައުރު ހަމަވާތީ ނަންތައް ދިރާސާ ކުރުމަށް ...

10 Jul 2019 | 06:55

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމާއެކު ގިނަ ބަޔަކު ކުރިމަތިލައިފިއެވެ.

އެ ކޮމިޝަންގެ މެމްބަރުންގެ ދައުރު ހަމަވާތީ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް މިއަދު ވަނީ ނަންތައް ފޮނުވާފައެވެ.

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މެމްބަރު ކަމަށް 68 މީހަކު ކުރިމަތިލާފައިވެއެވެ.

މި ނަންނަތަކާއެކު ރައީސް ފޮނުއްވި ސިޓީފުޅުގައި 12 ނަމެއް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރައީސް ފާހަގަ ކުރެއްވި 12 ނަން

ރައީސް ފާހަގަކުރެއްވި 12 ނަން:

ފާތުމަތު އަނޫލާ، ގ. ވަޑިނޮޅުގެ

އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ

ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް

އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654

އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންނަވަރު

މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ

މުޖުތަބާ ހަމީދު، ދީފްރަމްގެ، ރ. ކަނދޮޅުދޫ

އަލީ އަޝްރަފް، ދަފްތަރު ނަންބަރު 3366

މަރިޔަމް އަހުމަދު، ގ. ޓްރަސްޓްހޯމް

ނިޔާޒް އިބްރާހިމް، ގްރޫމް، ގދ. ތިނަދޫ

އަބްދުﷲ މިޒްއާން، ރަތްވިލާގެ، ފ. މަގޫދޫ

އާދަމް ޝާމިލް، ރަތްވިލާގެ ތ. ވިލުފުށި

އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުންގެ އަދަދު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. މިހާރު ތިއްބެވި މެމްބަރުންނަކީ 2014 ވަނަ އަހަރު އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް