ރާއްޖެ ގެނައީ ލުތުފީ ކަމާއިމެދު ސިއްދީގު ސުވާލު އުފައްދަވައިފި

ފުލުހުންގެ ބެލުމުގެ ދަށުން ރޭ ރާއްޖެ ގެނައީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޢީ ލުތުފީ) ކަމާއިމެދު ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ސުވާލު އުފައްދަވައިފިއެވެ. ސިއްދީގު މި ސުވ...

09 Jul 2019 | 22:56

ފުލުހުންގެ ބެލުމުގެ ދަށުން ރޭ ރާއްޖެ ގެނައީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޢީ ލުތުފީ) ކަމާއިމެދު ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ސުވާލު އުފައްދަވައިފިއެވެ.

ސިއްދީގު މި ސުވާލު އުފައްދަވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

""ސަރުކާރުން ބާޣީ ލުޠުފީ ފިލުވައި ފި" ޢަލީ. ލުޠުވީ ފިލުވީ އިންޑިއާގައި ކަމަށްވޭ. ދިވެހި ސަރުކާރުން ލަންކާ ގައި ހުންނަ ލަންކާ އެމްބަސީގައި ފިލުވައިގެން ގެންގުޅުނު ޓެރަރިސްޓް ބާޣީ ލުޠުފީ މާލެ ގެނައި ކަމަށްބުނެ ގެނައީ ލުޠުފީ ނޫންކަމަށް ވަރަށްޔަޤީންކުރެވޭ ފަރާތަކުން މައުލޫމާތު ލިބޭ." ދިވެހި ބަހުން ކުރެއްވި ޓްވީޓްގައި ސިއްދީގު ވިދާޅުވެފައިވެއެވެ.

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާ ހިންގުމުގައި އެންމެ އިސް ފަރާތްކަމުގައިވާ ބާޢީ ލުތުފީ ރާއްޖެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި އެމިރޭޓްސް ފްލައިޓް އީކޭ 653 އިންނެވެ.

ފާއިތުވި ނުވަ ވަރަކަށް އަހަރު ލުތުފީ ފިލައިގެން އުޅުނީ ލަންކާގައެވެ. 19 ދިވެހިން ޝަހީދުކޮށްލައި، އެތައް ދިވެހީންގެ ލޭ އޮހޮރުވާލި އެ އުދުވާނާއި ގުޅިގެން އިއްވި މަރުގެ ހުކުމް، ޖަލު ހުކުމަށް ބަދަލުކޮށްފައިވާއިރު ލުތުފީ ފިލާފައިވަނީ ހުކުމުގައި ބާކީ ހަތަރު އަހަރު އޮއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް