ހޮހޮޅައިގާ ތާށިވި ހުރިހާ ކުދިންނާއި ކޯޗު ސަލާމަތް ކޮށްފި

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި، ޖޫނިއަރ ފުޓްބޯޅަ ޓީމަކަށް ނިސްބަތްވާ 12 ކުދިންނާއި އެ ކުދިންގެ އެސިސްޓެންޓް ކޯޗު ސަލާމަތް ކުރުމަށް ކުރިއަށްގެންދިޔަ ބިޔަ ބޮޑ...

10 Jul 2018 | 13:15

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި، ޖޫނިއަރ ފުޓްބޯޅަ ޓީމަކަށް ނިސްބަތްވާ 12 ކުދިންނާއި އެ ކުދިންގެ އެސިސްޓެންޓް ކޯޗު ސަލާމަތް ކުރުމަށް ކުރިއަށްގެންދިޔަ ބިޔަ ބޮޑު އޮޕަރޭޝަންގައި  އެ 12 ކުދިންނާއި އެ ކުދިންގެ އެސިސްޓެންޓް ކޯޗު ސަލާމަތް ކޮށްފި އެވެ.

ތައި އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ އޮޕަރޭޝަންގެ ފަހު ތިންވަނަ ބުރު މިއަދު ކުރިއަށްގެންދިޔައިރު ހޮހޮޅައިގާ އެންމެ ފަހުން ތިބި ހަތަރު ކުދިންނާއި އެސިސްޓެންޓް ކޯޗު މިއަދު ވަނީ ސަލާމަތް ކޮށްފައި އެވެ. ނަމަވެސް އެ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ޑައިވަރުން އަދި ހޮހޮޅައިން އެއްކޮށް ނުނިކުންނަ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެ އެވެ.

މި އޮޕަރޭޝަންގައި މީގެ ދެ ދުވަސް ކުރިން ހަތަރު ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު އިއްޔެ ހަތަރު ކުއްޖަކު ސަލާމަތް ކޮށްފައި ވެ އެވެ.

އެ ކުދިން ހޮހޮޅައިގާ ތާށިވީ ޕްރެކްޓިހަކަށްފަހު ހޮހޮޅަ ބަލައިލަން ވަތްން ފަހުން ވާރޭވެހި ހޮހޮޅައިގާ ފެންބޮޑުވެ ހޮހޮޅައިން ނިކުމެވޭގޮތް ނުވުމުންނެވެ.

އެ ކުދިންނާއި އެސިސްޓެންޓް ކޯޗު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެންމެ ފުރަތަމަ ފެނުނީ އެ ކުދިން ދުއްވި ބައިސްކަލު ތަކެވެ. އެއަށްފަހު ހޮހޮޅައިގެ ތަންކޮޅެއް އެތެރޭން އެ ކުދިންގެ ފައިވާން ފެނުނެވެ. އަދި އެ ކުދިންނާއި އެސިސްޓެންޓް ކޯޗު ފެނުނީ ގެއްލުނުތާ ނުވަ ދުވަސް ފަހުން އިނގިރޭސި ދެ ޑައިވަރަކަށެވެ.

ކާމިޔާބު މި އޮޕަރޭޝަންގައި ދުނިޔޭގެ އެކި ގައުމުތަކުން ޑަކުޓަރުންނާއި ފުންނާބު އުސް ޑައިވަރުންނާއި ކޭވް ޑައިވިން އެކްސްޕާޓުން ބައިވެރިވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް