ހެލްތު މިނިސްޓްރީއަށް ނައިބަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ހެލްތުގެ  މިނިސްޓަރުގެ ނައިބުގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މ.އަމްފ...

10 Jul 2018 | 11:17

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ހެލްތުގެ  މިނިސްޓަރުގެ ނައިބުގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މ.އަމްފާ ޑޮކްޓަރ މުޙައްމަދު ޝާފިޢީ ޢަބްދުލްމުންޢިމް އެވެ.

ޑރ. މުޙައްމަދު ޝާފިޢީ ޢަބްދުލްމުންޢިމް އޭޑީކޭގައި ވަޒީފާ އަދާކުރައްވަމުން ގެންދެވި ޑޮކްޓަރެކެވެ. އަދި 2016 ވަނަ އަހަރު ރައީސް އެކުލަވައިލެއްވި ކްލެމެންސީ ބޯޑުގައިވެސް ހިމެނިވަޑައިގަންނެވި މެމްބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް