ލަންކާއިން ގެއްލުނު މަސްވެރިންތަކެއް ރާއްޖެ ކައިރިން ފެނިއްޖެ

ލަންކާއިން ގެއްލުނު މަސްވެރިންތަކެއް ރާއްޖެ ކައިރިން ފެނިފައިވާކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފި އެވެ. އެގޮތުން ލަންކާގެ ނޫހެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ގެއްލުނު ހަތ...

10 Jul 2018 | 11:01

ލަންކާއިން ގެއްލުނު މަސްވެރިންތަކެއް ރާއްޖެ ކައިރިން ފެނިފައިވާކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފި އެވެ.

އެގޮތުން ލަންކާގެ ނޫހެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ގެއްލުނު ހަތް މަސްވެރިއަކު ރާއްޖެ ކައިރިން ފެނިފައިވާކަމަށެވެ. ރިޕޯޓް ކޮށްފައިވަނީ ލަންކާގެ ފިޝަރީޒް މިނިސްޓްރީއާއި ހަވާލާދީ އެވެ.

ރިޕޯޓް ކޮށްފައިވާގޮތުގައި އެ މަސްވެރިން މަހަށް ދިޔައީ ހިއްކަޑުވާ ސަރަހައްދަށެވެ. އަދި އެ މަސްވެރިންގެ ހާލު ރަނގަޅު ކަމަށްވެސް މިނިސްޓްރީއާއި ހަވާލާދީ ރިޕޯޓް ކޮށްފައި ވެ އެވެ. މިކަމުގައި ދިވެހި ސިފައިންގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް