އީޔޫއަށް ދޫނުދީފިނަމަ ރާއްޖެ ފަގީރުވެ ބަނގުރޫޓުވާނެ: ނަޝީދު

ޔޫރަޕިއަން ޔޫނިއަން އަށް ދޫނުދީފިނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި އެވ...

10 Jul 2018 | 09:50

ޔޫރަޕިއަން ޔޫނިއަން އަށް ދޫނުދީފިނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވަނީ އީޔޫއިން ފިޔަވަޅު އެޅުމުން ނިކަމެތިވާނީ ދިވެހިރައްޔިތުން ކަމަށެވެ. އީޔޫއަށް ދޫނުދީފިނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށެވެ. ރައީސް ޔާމީންގެ ހުދުމުހުތާރު ވެރިކަން ދަމަހައްޓަން މަސައްކަތްކުރާ ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނައި ވިޔަފާރިވެރިންނަށް ދަންނަވާކަމަށެވެ.

ރައީސް ޔާމީނާއެކު ތިއްބަވައިފިނަމަ ތިބޭފުޅުންނާއި ރާއްޖެވެސް ފަގީރުވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް