މީރާ މެދުވެރިކޮށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މީރާ އިން އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލ...

10 Jul 2018 | 08:53

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 18 ޕަސެންޓް އިތުރު އަދަދެކެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޖީއެސްޓީ އެވެ. އެއީ ޖުމްލަ އާމްދަނީގެ 35 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނައީ ޓޫރިޒަމް ލޭންޑް ރެންޓެވެ. އެއީ އާމްދަނީގެ 22 ޕަސެންޓެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރުވީ މިދިޔަ އަހަރުގެ ފިތުރު އީދު އެ އަހަރުގެ ޖޫން މަހާ ދިމާވުމުން އެ އަހަރުގެ ޖުލައި މަހާ ހަމަ އަށް ޓެކްސް ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައި އޮތް އިރު، މި އަހަރު އެފަދަ ގޮތަކަށް މުއްދަތު އިތުރު ކޮށްދީފައި ނެތުމުންނެވެ. އަދި މިއަހަރު އާ ރިސޯޓްތަކެއް ހުޅުވުމާ ގުޅިގެން ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން 769 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 49.9 މިލިއަން ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް