ދިއްގަރު ބަނދަރާއި ނަރުދަމާ ނިޒާމު ރަސްމީކޮށް ހުޅުވައިފި

މ. ދިއްގަރު ބަނދަރާއި ނަރުދަމާ ނިޒާމު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ. ރަސްމީކޮށް ބަނދަރާއި ނަރުދަމާ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މ. އަތޮޅަށް މިއަދު ކުރައްވަމުން ގެނ...

10 Jul 2018 | 08:05

މ. ދިއްގަރު ބަނދަރާއި ނަރުދަމާ ނިޒާމު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ރަސްމީކޮށް ބަނދަރާއި ނަރުދަމާ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މ. އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނެވެ.

އެރަށުގައި އަލަށް ހުޅުވި ބަނދަރަކީ 750 ފޫޓު ދިގު، އަދި 260 ފޫޓު ފުޅާ ބަނދަރެކެވެ.

މިއަދު ރަސްމީކޮށް ހިދުމަތް ދޭން ފެށި ދިއްގަރު ނަރުދަމާ ނިޒާމަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ގާއިމް ކުރި ނިޒާމެކެވެ. އެ މަސައްކަތް އެ ކުންފުނިން ކޮށްފައިވަނީ 26,577,851.08 ރުފިޔާ އަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ގައި ރަސްމީކޮށް ފެށި މި މަސައްކަތް އެ ކުންފުނިން ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު އެވެ. އެ ރަށުގައި މި ހިދުމަތް 249 ގެއަކަށް ފޯރުކޮށްދެެ އެވެ.

ި މި މަޝްރޫއުގެ ދަށުން ދިއްގަރުގައި ދެ ޕަމްޕް ސްޓޭޝަން ބަހައްޓައި 4.3 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 340 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް