ހޮހޮޅައިގާ ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް މިއަދުގެ އޮޕަރޭޝަން ފަށައިފި އެވެ. އޮޕަރޭޝަން ފަށާފައިވަނީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ.
މިދިޔަ މަހުގެ 23 ގައި ތައިލެންޑް ހޮހޮޅައެއްގައި ތާށިވި، ފުޓްބޯޅަ ޓީމަކަށް ނިސްބަތްވާ 12 ކުދިންނާއި އެ ކުދިންގެ ކޯޗުގެ ތެރޭން އަށް ކުއްޖަކު ދެ ދުވަހުން ސަލާމަތްކޮށްފައިވާއިރު ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗެވެ. މިއަދު ހަތަރު ކުދިންނާއި ކޯޗުވެސް ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކަމުގައި ބައެއް މަސްދަރުތަކުން ބުނެ އެވެ.
ތައި އޮފިޝަލުން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް ސަލާމަތް ކުރި އަށް ކުދިންގެ ހާލުވެސް ރަނގަޅެވެ. ނަމަވެސް ހަތް ދުވަސް ވަންދެން އެ ކުދިންގެ ސިއްހީ ހާލަތު މޮނީޓަރ ކޮށް ފަރުވާ ދެމުންދާނެ އެވެ.
ހޮހޮޅައިގާ ތާށިވިތާ 17 ދުވަސް މިއަދަށް ވާއިރު އެ ކުދިން ހޮހޮޅައިގާ ތާށިވީ ޕްރެކްޓިސް ނިންމާލާފައިވާ ހޮހޮޅަ ބަލާލަން ވަދެ އުޅެނިކޮށް ވާރޭ ވެހި ހޮހޮޅައިގާ ފެންބޮޑުވެ ހޮހޮޅައިން ނިކުމެވޭގޮތް ނުވުމުންނެވެ. އެ ކުދިން ގެއްލިގެން ހޯދަމުން ދަނިކޮށް ގެއްލުނުތާ ނުވަ ދުވަސް ފަހުން އެ ކުދިންނާއި ކޯޗު ފެނުނީ އިނގިރޭސިވިލާތުގެ ދެ ޑައިވަރަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް