ސަމާލުވެލައްވާ: ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން މެސެޖެއް ކޯލެއް މެއިލެއް ނުކުރާނެ

ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބޭންކުގެ ކަސްޓަމަރުންނަށް އެސްއެމްއެސް އަދި ވައިބަރ މެދުވެރިކޮށް މެސެޖް ލިބެމުންދާކަމުގެ މައުލޫމާތު ދަނީ ލިބެމުން ކަމަށާއި އެފަދަ ކަންކަމަށް ސަމާލުވުމަށް ބޭންކް އޮފް ...

10 Jul 2018 | 05:27

ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބޭންކުގެ ކަސްޓަމަރުންނަށް އެސްއެމްއެސް އަދި ވައިބަރ މެދުވެރިކޮށް މެސެޖް ލިބެމުންދާކަމުގެ މައުލޫމާތު ދަނީ ލިބެމުން ކަމަށާއި އެފަދަ ކަންކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފި އެވެ.

ބޭންކުން ބުނެފައިވަނީ މެސެޖު ފޮނުވާ ފަރާތުގެ ނަމަކީ "ބީއެމްއެލް" ނުވަތަ ބީއެމްއެލް އާ ގުޅުންހުރި ނަމްބަރެއް ކަމަށް އެ މެސެޖް ލިބޭ ފަރާތަށް ފެންނަ ގޮތަށް މެސެޖް ކުރެވޭ ތަފާތު އެޕްލިކޭޝަންތައް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ބޭނުންކުރަމުންދާކަން ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އީމެއިލް، އެސްއެމްއެސް ނުވަތަ ފޯން ކޯލް މެދުވެރިކޮށް ކާޑު ނަމްބަރު، ސީވީސީ ކޯޑް، ކާޑުގެ މުއްދަތު ހަމަވާ ތާރީހް އަދި އޯޓީޕީގެ މައުލޫމާތު އޮޅުންފިލުވުމަށް އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ އެވެ. އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން މިފަދަ ކޯލް އަދި މެސެޖުތަކަށް ޖަވާބު ނުދެއްވުމެވެ." ބޭންކުން ބުނެފައިވެ އެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ މައުލޫމާތު ހޯދަނީ ބޭންކުން ކަމަށް ހީވިކަމުގައި ވިޔަސް ކާޑުގެ އެއްވެސް މައުލޫމާތެއް ނުދިނުމަށް ދަންނަވާކަމަށާއި ބީއެމްއެލްއިން އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މައުލޫމާތު ނުހޯދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް