މެންބަރު ޝާހު ވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ އަބްދުﷲ ހަލީލްއަށް ޝާހު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ޕާޓިން ވަކ...

10 Jul 2017 | 17:37

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ އަބްދުﷲ ހަލީލްއަށް ޝާހު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ޕާޓިން ވަކިވާން ނިންމީ މިނިވަންކަމާއި އެކު ވަކި ފަރާތަކަށް ނުޖެހި މަޖިލީހުގައި ވޯޓު ދިނުމަށް ކަމަށެވެ.

ޝާހު އަކީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގަ ސޮއި ކުރެއްވި ޕީޕީއެމްގެ 10 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މެންބަރެކެވެ. އެ މެންބަރުންގެ ތެރެއިން މިހާރު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވީ އިސްދޫ ދާއިރާއިރާގެ މެންބަރު އަހުމަދު ރަޝީދު އެކަންޏެވެ.

އެހެން ހުރިހާ މެންބަރުން މެންބަރުން މިދިޔަ ހަފްތާއިން ފެށިގެން ޕީޕީއެމްއިން ވަކިވާން ފަށާފައިވާއިރު މިއަދު އެކަނިވެސް ހަ މެންބަރުން ވަނީ އެ ޕަޓީން ވަކިވެވަޑައިގެންފަ އެވެ. ކުއްލިއަކަށް މިއަދު ޕީޕީއެމްއިން މެންބަރުން ވަކިވެވަޑައިގެންނެވީ ޕާޓީ ބަދަލުކޮށް ޕާޓީގެ ވިޕްލައިނާ ހިލާފުވާ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

ޕީޕީއެމްއިން ނުވަ މެންބަރަކު މިއަދު ވަކިވެވަޑައިގެންނެވުމުން އެޕާޓީއަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް