ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އެކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބަދަލުކޮށްފައިވާ މުޖްތަބާ ޖަލީލު، އެ މިނިސްޓްރީގެ ނައިބު ކަމުން ވަކި ކުރައްވައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މިނިސްޓަރުގެ ނައިބުގެ މަޤާމުގައި ހުންނެވި، ދަފްތަރު ނަންބަރު ރސ 8588 އަލްފާޟިލް މުޖްތަބާ ޖަލީލު އެ މަޤާމުން މިއަދު ވަކި ކުރައްވާފައިވާކަމަށެވެ.
އެންސްޕާގެ ސީއީއޯ ކަމުން މުޖްތަބާ ވަކިކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް