އެމްޕީ މުސްތަފާވެސް ޕީޕީއެމުން ވަކިވެއްޖެ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ. އެމްޕީ މުސްތަފާ ޕީޕީއެމުން ވަކިކޮށްދިނުމަށް ފޮނުވި ސިޓީއާއިއެކު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވ...

10 Jul 2017 | 09:49

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.

އެމްޕީ މުސްތަފާ ޕީޕީއެމުން ވަކިކޮށްދިނުމަށް ފޮނުވި ސިޓީއާއިއެކު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމުން ކަނޑާ ނުލީމާ އަމިއްލައަށް އެ މުސީބާތުން ސަލާމަތްވެއްޖައީމު ކަމަށެވެ. އަދި އެސްސީ ކޯޓުން ވެރިކަން ހޯދައިގެން އުޅޭ ޕާޓީއެއްގައި ނުހުރެވޭނެ ކަމަށެވެ.

އެމްޕީ މުސްތަފާ ޕީޕީއެމުން ވަކިވެފައިވާއިރު ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް މިއަދު އެ ޕާޓީން ވަކިވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް