ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދޭ ކަރަންޓުގެ ހިދުމަތަށް ނަގާ ފިއުލް ސާޗާޖު ކަނޑާލައިފި އެވެ.
މިބަދަލު ގެންނަން ނިންމީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ތަލުގެ އަގު ހެޔޮ ކުރަން ނިންމުމުންނެވެ.
އެންމެ ފަހުން ފިއުލް ސާޖާޗުގެ ގޮތުގައި ސްޓެލްކޯއިން ނަގަމުން ދިޔައީ ޔުނިޓަކުން 35 ލާރި އެވެ. ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް ވިދާޅުވީ މި ބަދަލާ އެކު، ކަސްޓަމަރުން އެކުންފުންޏަށް މަހަކު ދައްކާ ފައިސާ އިން 8.54 މިލިޔަނެއްހާ ރުފިޔާ އުނިވެގެން ދާނެ ކަމަށެވެ.
އެސްޓީއޯއިން ތެލުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ސްޓެލްކޯއަށް މިހާރު ތެޔޮ ލީޓަރެއް 7.94 ރުފިޔާއަށް ގަންނަ ލިބެ އެވެ.
ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް އެނާޖީ އޮތޯރިޓީން ހުއްދަ ދީފައި ވަނީ ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ އިތުރުވާ ނަމަ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމަށެވެ.
ފެނަކައިންވެސް ވަނީ މިމަހުން ފެށިގެން ފިއުލް ސާޗާޖު ނުނަގަން ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް