އެމްޕީ މުހައްމާވެސް ޕީޕީއެމުން ވަކިވެއްޖެ

މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވަކިވެއްޖެ އެވެ. އެމްޕީ މުހައްމާ ޕީޕީއެމުން ވަކިކޮށްދިނުމަށް އެދި ސިޓީ ފޮނުއްވާފައިވަނީ ޕީޕީއެމްގެ މުސްތަސާރު...

10 Jul 2017 | 09:26

މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވަކިވެއްޖެ އެވެ.

އެމްޕީ މުހައްމާ ޕީޕީއެމުން ވަކިކޮށްދިނުމަށް އެދި ސިޓީ ފޮނުއްވާފައިވަނީ ޕީޕީއެމްގެ މުސްތަސާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.

އެ ސިޓީގައި މުހައްމާ ވިދާޅުވެފައިވަނީ ސަރުކާރުން މިވަގުތު ރައްޔިތުންގެ މަޖިލީހަށާއި ކޯޓުތަކަށް ހުށަހަޅައިގެން ގާނޫނުތަކަށް ގެންނަން މަސައްކަތްކުރާ ބަދަލުތަކަކީ އެ ބަދަލުތައް ގެނައުމުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ ރައްޔިތުންގެ ފަރާތުން އަޑުއުފުލުމަށް އެޅޭ ބޮޑެތި ހުރަސްތަކަކަށްވާތީ، މިވަގުތު ސަރުކާރު ނިސްބަތްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ، މިއަދުން ފެށިގެން ޕީޕީއެމްގެ މެމްބަރުކަމުން ވަކިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް