މެންބަރު ސިނާން އާއި ސައުދު ޕީޕިއެމްއިން ވަކިވެވަޑައިގެންފި

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވެރިކަން ކުރާ ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ. މި ދެ ބޭފުޅުންނަކީ އަކީ މަޖިލީހުގެ ރައީސް ބަބް...

10 Jul 2017 | 08:33

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވެރިކަން ކުރާ ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.

މި ދެ ބޭފުޅުންނަކީ އަކީ މަޖިލީހުގެ ރައީސް ބަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއި ކުރެއްވީ ޕީޕީއެމްގެ 10 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މެންބަރެކެވެ. އަދި މި ދެބޭފުޅުންނަކީވެސް ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސްކޮށް އުޅުއްވި ދެބޭފުޅުންނެވެ.

ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދި ސިނާން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ އަބްދުﷲ ހަލީލަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ މިއަދުން ފެށިގެން އޭނާ ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސަށް ސައުދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި އޭނާގެ ނަން އޮތް ނަމަ މިއަދުން ފެށިގެން އުނިކޮށްދިނުމަށް އެދޭކަމަށެވެ. އަދި ވީ އެންމެ އަވަހަށް އެކަން ލިޔުމަކުން އަންގަވައިދެއްވުން އެދޭކަމަށެވެ.

ސިނާން ޕީޕީއެމްގެ ނިންމުންތަކާއި ދެކޮޅުކަން ހާމަކުރައްވަން ފެއްޓެވީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވައްދަން ސޮއި ކުރެއްވުމަށް ފަހު އެވެ. އެކަމަކު ސައުދު ވަނީ އޭގެ ކުރިން ސަރުކާރާއި ދެކޮޅުކަން ހާމަކުރައްވާފައި އެވެ.

މިދިޔަ ހަފްތާގައި ޕީޕީއެމްގެ މެންބަރުކަމުން މަޖިލީސް މެންބަރު އިލްހާމް އާއި މެންބަރު ޝަހުދީވެސް ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް