މިދިޔަ މަހު ރާއްޖެއިން 446 މިލިއަން ރުފިޔާެގެ ތަކެތި އެކްސްޕޯޓު ކޮށްފި

މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު އިރު މިއަހަރުގެ ޖޫން މަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި ތަކެތި 118 ޕަސެންޓު އިތުރުވެއްޖެ އެވެ. ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މ...

10 Jul 2017 | 07:16

މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު އިރު މިއަހަރުގެ ޖޫން މަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި ތަކެތި 118 ޕަސެންޓު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން 446 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައި ވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެކްސްޕޯޓު ކޮށްފައިވަނީ 202 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައި ވަނީ މަހުގެ ބާވަތްތަކެވެ. ތަފާސް ހިސާބުދައްކާގޮތުން އެކްސްޕޯޓު ކުރި މުދަލުގެ 67 ޕަސެންޓް އެކްސްޕޯޓް ކޮށްފައި ވަނީ ތައިލެންޑަށެވެ.

މިދިޔަ މަހު އިމްޕޯޓު ކުރި މުދަލުގެ ނިސްބަތް މިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރުވެފައިވަނީ ހަތް ޕަސެންޓެވެ. މިއަހަރުގެ ޖޫން މަހު 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައވާއިރު މިދިޔަ އަހަރުގެ ޖޫން މަހު އިމްޕޯޓް ކޮށްފައި ވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު އިމްޕޯޓު ކުރި މުދަލުގެ 19 ޕަސެންޓޫ އިމްޕޯޓު ކޮށްފައި ވަނީ ޔޫއޭއީ އިންނެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ 11 ޕަސެންޓު މިދިޔަ މަހު ވަނީ އިތުރުވެފައި އެވެ. އެގޮތުން މިދިޔަ މަހު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް 210 މިލިއަން ރުފިޔާ ލިބިިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް