އަލީ ހަމީދު ވަކިކޮށް ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަރީފު

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސުޕްރީމް ކޯޓުގެ ފަރާތުން އައްޔަން ކުރައްވާފައި ހުންނެވި ފަނޑިޔާރު އަލީ ހަމީދު ވަކި ކުރައްވާ އެ ކޮމިޝަނަށް ފަނޑިޔާރު އަބްދުﷲ އަރީފު އައްޔަން ކުރައްވައިފި އެވެ. ޖޭއެސްސީގެ މެނ...

10 Jul 2017 | 06:11

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސުޕްރީމް ކޯޓުގެ ފަރާތުން އައްޔަން ކުރައްވާފައި ހުންނެވި ފަނޑިޔާރު އަލީ ހަމީދު ވަކި ކުރައްވާ އެ ކޮމިޝަނަށް ފަނޑިޔާރު އަބްދުﷲ އަރީފު އައްޔަން ކުރައްވައިފި އެވެ.

ޖޭއެސްސީގެ މެންބަރު ކަމުން އަލީ ހަމީދު ވަކިކުރައްވާފައި މިވަނީ ދައުރު ހަމަވިތާ ދުވަސް ކޮޅެއް ފަހުންނެވެ.

ޖޭއެސްސީގެ ގާނޫނުގައި ވާ ގޮތުން އެ ކޮމިޝަންގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ސުޕްރީމް ކޯޓުން ހަމަޖައްސާފައި ވަނީ އެ ކޯޓުގެ ފަރާތުން ޖޭއެސްސީ އަށް ކަނޑައަޅާ ފަނޑިޔާރުގެ މުއްދަތަކީ ދެ އަހަރު ކަމަށެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް އަރީފު އައްޔަން ކުރައްވާ މިއަދު ރައީސް އަބްދުﷲ ޔާމީން ވަނީ ފަނޑިޔާރު އަރީފަށް ފަތްކޮޅު އަރުއްވާފައި އެވެ.

އަލީ ހަމީދުގެ ބަދަލުގައި ޖޭއެސްސީއަށް އަރީފު އައްޔަން ކުރެއްވި އިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަލީ ހަމީދު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އަލީ ހަމީދު އޮފީހުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން އެމަޖެންސީކޮށް ހޮސްޕިޓަލަށް ގެންގޮސް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް