އަބޫ ދާބީ ހޮސްޕިޓަލެއްގައި، އިންޑިއާ މީހެއްގެ ގައިން އޮޕަރޭޝަންކޮށްގެން 150 ޕިން ނަގައިފި އެވެ.
އިންޑިއާގެ ރަޖިސްތާނަށް އުފަން، އުމުރުން 56 އަހަރުގެ ބަދްރިލާލް ކިޔާ އެމީހާގެ ހަށީގަނޑު ތެރޭގައި އެ ޕިންތައް ހުރިކަން އެނގުނީ ފަޔަށް ތަދުވާތީ މިއަހަރު ކުރީކޮޅުގައި ހެދި އެކްސްރޭތަކުންނެވެ. އެއަށްފަހު ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި ހަށިގަނޑުގެ އެތަން މިތަނުގައި ޕިންތަކެއް ހުރި އެވެ.
އެހާ ބައިވަރު ޕިން ހަށިގަނޑު އެތެރޭގައި ހުރުމުން އޮޕަރޭޝަންކޮށް އެ ޕިންތައް ނެގުމަކީ ފުރާނަޔަށް ނުރައްކާތެރި ކަމަކަށްވާތީ އިންޑިއާގެ ހޮސްޕިޓަލަކުން އޭނާގެ އޮޕްރޭޝަނެއް ނުކޮށްދިނެވެ.
ނަމަވެސް އެ ނުރައްކާތެރިކަމާއެކު މީނާގެ ޢާއިލާއާއި، އޭނާ ބޭނުންވެގެން އަބޫ ދާބީގެ ހޮސްޕިޓަލަކުން އޭނާގެ އޮޕަރޭޝަން ކޮށްދީ ފުރާނައަށް އެއްވެސް ގެއްލުމެއް ނުލިބި ގައިން އެ ހުރިހާ ޕިނެއް މިހާރުވަނީ ނަގާފަ އެވެ.
މީގައި އެންމެ އަޖައިބު ކުރުވާ ކަމަކީ އެ ޕިންތައް ބަދްރިލާލް ގެ ހަށިގަނޑަށް ވަތް ގޮތެއް އޭނާއަށް ނޭނގޭތީ އެވެ. އަދި މިހާތަނަށް އޭނާ ބެލި ޑޮކްޓަރުންނަށާއި އޮޕަރޭޝަން ކުރި ޑޮކްޓަރުންނަށްވެސް ޕިންތައް ހަށިގަނޑު އެތެރެއަށް ގޮސްފައިވާ ގޮތެއް ހޯދިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް