ކުޑަކުދިންނަށް ކުރާ އަނިޔާގެ ރިޕޯޓުތައް މިދިޔަ މަހު މަދުވެއްޖެ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކުރި އަދަދު މިދިޔަ މަހަށްވުރެ ދަށްވެއްޖެ އެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔ...

10 Jul 2017 | 04:00

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކުރި އަދަދު މިދިޔަ މަހަށްވުރެ ދަށްވެއްޖެ އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގުޅިގެން ހުށަހެޅިފައިވަނީ 83 މައްސަލައެކެވެ. އެއީ މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ 51 ޕަސެންޓު ނަމަވެސް މެއި ކުޑަކުދިންނާއި ގުޅޭ 122 މައްސަލައެއް ހުށަހެޅުނެވެ.

މިދިޔަ މަހު ކުޑަކުދިންނާއި ގުޅޭގޮތުން އެންމެ ގިނައިން ހުށަހެޅުނީ އިހުމާލުވެގެން ހުށަހެޅުނު 28 މައްސަލައެކެވެ. ޖިސްމާނީ އަނިޔާގެ 22 މައްސަލައެއް ހުށަހެޅުނު އިރު ނަފްސާނީ އަނިޔާގެ ނުވަ މައްސަލައެއް ހުށަހެޅުނެވެ. ކުޑަކުދިން ކުށްކުރުމުގެ ނުވަ މައްސަލައެއް މިދިޔަ މަހު ހުށަހެޅުނެވެ.

މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު އިތުރު މައްސަލަތަކަށް ބަލާއިރު ދުވަސްވީ މީހުންނަށް އަޅާ ނުލައިގެން ދެ މައްސަލައެއް ހުށަހެޅެނު އިރު ނުކުޅެދުންތެރިކަން ހުންނަ މީހުންންށް އަޅާލުން ބޭނުންވެގެން ދެ މައްސަލައެއް ރިޕޯޓު ކުރި އެވެ.

ގެވެށި އަނިޔާގެ 31 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އިރު އަމިއްލަ ނަފުސަށް ގެއްލުންދޭން އުޅުނު ހަތަރު މައްސަލައެއް ހުށަހެޅީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް