މިފްކޯއަށް މަސް ގަންނަ އަގު ކިލޯއަކުން އެއް ރުފިޔާ ބޮޑުކޮށްފި އެވެ.
މިއަދުން ފެށިގެން މިފްކޯއިން ފިނިކުރި ކަނޑުމަސް ކިލޯއެއް ގަންނާނީ 20 ރުފިޔާ އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނާނީ 18 ރުފިޔާ އަށެވެ.
މިފްކޯ ހިންގާ އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މަސް ގަންނަ އަގު ބޮޑު ކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި މަގު އަގު އުފުލިފައިވުމާއި މަސް ގަންނަ ބޭރުގެ ކުންފުނިތަކުން ވެސް ކުރިއަށް ވުރެ ރަނގަޅު އަގެއް ލިބޭތީ ކަމަށެވެ. ޝަހީރު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ވީހާ ވެސް ލުއި ފަސޭހަކޮށް ކަންތައްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.
މިއީ 2014 ވަނަ އަހަރުގެ ފަހުން މިފްކޯ އިން މަސް ގަންނަ އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުތަކުގައި މަސްވެރިކަން އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެކަމަކު މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަކަމަށެވެ. އަދުލީ ވިދާޅުވީ އެ ކަންކަން ފޫބެއްދީ ސަރުކާރުން ކަމަށެވެ.
މިފްކޯ އެސްޓިއޯގެ ދަށަށް ބަދަލު ކުރީ މިދިޔަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް