ގްރޭޑް އެކެއްގެ ކުދިންނަށް ހިންގާ ހެލްތް ސްކްރީން ޕްރޮގްރާމް ފަށައިފި

ކޮންމެ އަހަރަކު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކެއްގެ ކުދިންނަށް ހިންގާ ހެލްތް ސްކްރީން ޕްރޮގްރާމް ފަށައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ހިންގާ މި ޕްރޮގްރާމް އިއްޔެ ...

10 Jul 2017 | 03:30

ކޮންމެ އަހަރަކު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކެއްގެ ކުދިންނަށް ހިންގާ ހެލްތް ސްކްރީން ޕްރޮގްރާމް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ހިންގާ މި ޕްރޮގްރާމް އިއްޔެ ފަށާފައިވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ. އެމްއެންޑީއެފްއިން ބުނީ އެ ސްކޫލްގެ 71 ދަރިވަރަކު ހެލްތް ސްކްރީން ކުރެވިފައިވާ ކަމަށެވެ.

މިއަދާއި މާދަމާ ހެލްތް ސްކްރީން ކުރުން ކުރިޔަށް ގެންދާނީ ތާޖުއްދީން ސްކޫލްގައި އެވެ. ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމްގައި ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ހިއްސާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އެމްއެންޑީއެފްގެ ޑޮކްޓަރުންނާއި މެޑިކަލް ސަރވިސްގެ ކްލިނިކަލް އެސިސްޓަންޓުންނެވެ.

ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ނިންމުމަށް ފަހު އެ އަހަރަކު ފާހަގަ ކުރެވުނު ކަމެއް ރިޕޯޓެއްގެ ސިފައި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް