އައިއެސްގެ އަތްދަށުން މޫސަލް މިނިވަންވެއްޖެ

އައިއެސް ޖަމާޢަތުގެ އަތްދަށުން މޫސަލް  ސިޓީ މިނިވަންވިކަން އިޢުލާނުކޮށް، އިރާޤުގެ ސިފައިނާއި ރައްޔިތުން ކުރި ހިތްވަރަށް އެ ޤައުމުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބަދީ މަރުޙަބާ ވިދާޅުވެއްޖެ އެވެ. އައިއެސ...

10 Jul 2017 | 03:15

އައިއެސް ޖަމާޢަތުގެ އަތްދަށުން މޫސަލް  ސިޓީ މިނިވަންވިކަން އިޢުލާނުކޮށް، އިރާޤުގެ ސިފައިނާއި ރައްޔިތުން ކުރި ހިތްވަރަށް އެ ޤައުމުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބަދީ މަރުޙަބާ ވިދާޅުވެއްޖެ އެވެ.

އައިއެސް ޖަމާޢަތުގެ އަތްދަށަށް މޫސަލް ސިޓީ ދިޔާއީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 17 ގަ އެވެ. އޭގެފަހުން އިރާޤުގެ ސިފައިން އަންނަނީ އެ ސިޓީ އައިއެސްގެ އަތްދަށުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންނެވެ.

އައިއެސް ޖަމާޢަތުގެ ބާރު މޫސަލް ސިޓީން އެއްކޮށް ކަނޑުވާލީ އިއްޔަ އެވެ.

ބޮޑުވަޒީރު އަބަދީގެ ތަރުޖަމާނު، ސާދު އަލް ހަދީތް ބުނީ އެ ކަމީޔާބީ ރަސްމީކޮށް އިޢުލާންކުރާނީ އިރާޤުގައި މިހާރު ބާކީ ތިބި މަދު އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންތައް އެ ޤައުމުން ބޭރުކުރުމަށްފަހު އެވެ.

އައިއެސް ޖަމާޢަތުގެ އަތްދަށުން މިނިވަންވިއިރު މޫސަލް ސިޓީވަނީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފަ އެވެ. ކޮންމެ ޢައިލާއަކުން މީހުން މަރުވެ، ގޭގެއާއި މުހިންމު އެހެނިހެން އިމާރާތްތައްވަނީ ބިމާ ހަމަވެފަ އެވެ.

އިމާރާތްތަކުގެ ދަށުގައި މަރުވެފައި ތިބި މީހުން ނެގުމާއި، ހޯދުމުގެ މަސައްކަތް އެ ޤައުމުގެ ސިފައިންދަނީ ކުރަމުންނެވެ. އަދި ހާލުގައި ޖެހިފައިވާ ޢާއިލާތަކަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް