ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އަނެއްކާވެސް ފެންމަތި ވެއްޖެ އެވެ.
ފުލުހުން ބުނީ ފިރިހެން ކުއްޖަކަށް އުނދަގޫ ކުރާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އެއީ16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ނޯތް ޕޮލިސް ޑިވިޝަނުންނެވެ. އެއީ ނ. ރ. ބ. ޅ އަތޮޅުގައި ހިމެނޭ ރަށްތަކެވެ.
މި މައްސަލަ މިހާތަނަށް ތަހުގީގު ކުރުމުން އެނގިގެން ގޮސްފައިވަނީ އެ ކުއްޖާއަށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަންކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގަ ފުލުހުން ބުނީ28 އަހަރާއި37 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައި އެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް