ރާއްޖެއި އައި މެލޭޝިޔާއާ ލަންކާގައި ކިޔަވާ ކުދިން އަނބުރާ ފޮނުވޭތޯ ބަލަނީ

ކޯވިޑް-19 އާއި ގުޅިގެން ގައުމުތައް ލޮކްޑައުން ކުރުމުން ރާއްޖެ އައި ދަރިވަރުންގެ ތެރެއިން ސްރީލަންކާ އާއި މެލޭޝިޔާގައި ކިޔަވާ ދަރިވަރުން އަނބުރާ އެ ގައުމުތަކަށް ފޮނުވޭތޯ ބަލަން ފަށައިފި އެވެ. ދިގު މުއް...

10 Jun 2020 | 07:34

ކޯވިޑް-19 އާއި ގުޅިގެން ގައުމުތައް ލޮކްޑައުން ކުރުމުން ރާއްޖެ އައި ދަރިވަރުންގެ ތެރެއިން ސްރީލަންކާ އާއި މެލޭޝިޔާގައި ކިޔަވާ ދަރިވަރުން އަނބުރާ އެ ގައުމުތަކަށް ފޮނުވޭތޯ ބަލަން ފަށައިފި އެވެ.

ދިގު މުއްދަތަކަށް ލޮކްޑައުން ގައި ބާއްވައިގެން މެލޭޝިިޔާ އާއި ލަންކާގައި ކޯވިޑް-19 ވަނީ ކޮންޓްރޯލްކޮށްފައި އެވެ. އެހެންވެ ހުރިހާ ކަމެއް އާންމު ހާލަތައް ގެންނަން ނިންމާފައިވާތީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ދަނީ ކިޔަވައިދޭން ފެށުމަށް ތައްޔާރިވަމުންނެވެ.

ފޮރިން މިނިސްޓްރީ އާއި ހަވާލާދީ އެންއީއޯސީން ބުނީ ރާއްޖެ އައި ދަރިވަރުން އަނބުރާ ފޮނުވުމަށް އެ ގައުމުތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެ ގައުމުތަކުގައި ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުން އަނބުރާ ދިޔުމުގެ އެއްވެސް އުސޫލެއް އެ ގައުމުތަކުން އަދި އެކުލަވާލާފައި ނުވާ ކަމަށެވެ.

މެލޭޝިޔާ އާއި ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން ކިޔަވާ ގައުމެކެވެ. ކޯވިޑް-19 އާއި ގުޅިގެން އެޅި ވަރުގަދަ ފިޔަވަޅުތަކާއި އެކު އެ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުން އެނބުރި އައިސްފައިވެ އެވެ.

ބަލި ކޮންޓްރޯލްކޮށް ގައުމުތައް ހުޅުވައި އާންމު ހާލަތަށް ގެންނަމުން ދާއިރު އަދިވެސް ބައެއް ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުން ދަނީ ރާއްޖެ އަންނަން ބޭނުން ވެގެން އެދޭތީ ގެންނަމުންނެވެ. އެގޮތުން ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ބެލަރޫސްގައި ތިބި ދަރިވަރުންތަކެއްވެސް ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް