އޭޑީކޭ ކައިރިން އަންހެން ކުއްޖަކާ ފޮށުނު މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ހޮނިހިރު ދުވަހު މަގުމަތިން އަންހެނަކާއި ފޮށި ފުރައްސާރަ ކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން 56 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
"މި މައްސަލައިގާ އިތުރު ވިކްޓިމްސް އުޅޭކަން ފާހަގަކުރެވޭތީ، މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ވާނަމަ ހިސްސާ ކުރެއްވުން އެދެން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އިތުރު ވިކްޓިމްސް އެކަން ފުލުހުންނަށް ރިޕޯޓްކުރުމަށް ގުޅާނެ ނަމްބަރަކީ ހޮޓްލައިން ނަމްބަރު 9790163 އެވެ. އަދި ލޭންޑްލައިން ނަމްބަރު 3000600 އެވެ.
އެމީހާ އޭޑީކޭ ކައިރިން އަންހެން ކުއްޖަކާ ފޮށުނު ވީޑިއޯ އެ އަންހެން ކުއްޖާ ޓްވިޓާގައި ހިއްސާ ކުރިއެވެ. އަދި އެއީ ކާކުކަން ދެނެގަތުމަށް ޓްވީޕުން ކުރެން އެހީއަށް އެދުނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އެއީ ކާކުކަން ޓްވީޕުން ހާމަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް