ޓްރަމްޕާއި މެކްރޯން އިންދެވި ގަސް މަރުވެއްޖެ

ފްރާންސާއި އެމެރިކާއާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އެމެރިކާގެ ވައިޓްހައުސްގައި އިންދި ގަސް މަރުވެއްޖެއެވެ. ވައިޓް ހައުސްގެ ގޯތި ތެރޭގައި މި ގަސް އިންދެވީ ފްރާންސްގެ ރައީސް އެމަނުއ...

10 Jun 2019 | 14:34

ފްރާންސާއި އެމެރިކާއާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އެމެރިކާގެ ވައިޓްހައުސްގައި އިންދި ގަސް މަރުވެއްޖެއެވެ.

ވައިޓް ހައުސްގެ ގޯތި ތެރޭގައި މި ގަސް އިންދެވީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕެވެ. މި ގަހަކީ 2018 ވަނަ އަހަރު މެކްރޮން އެމެރިކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެއްގައި ޓްރަމްޕަށް ހަދިޔާ ކުރެއްވި ގަހެކެވެ. މި ގަހަކީ "އޯކް" ގަހެކެވެ.

ދެ ބޭފުޅުންގެ އަނބިކަނބަލުންވެސް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އިންދެވި މި ގަސް، އިންދިތާ ހަފްތާއެއްގެ ތެރޭގައި ވައިޓް ހައުސް އިން ގެއްލުނެވެ. މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ގަސް އުފުރާލައިގެން ގެންދިޔައީ އެމެރިކާގެ ކަރަންޓީނު ފެސިލިޓީއަކަށެވެ. އެކަން އެގޮތަށް ކުރީ އެމެރިކާއަށް އެތެރެކުރާ ދިރޭ ކޮންމެ އެއްޗެއްވެސް ކަރަންޓީނު ކުރަން ޖެހޭކަމަށް ބުނެއެވެ.

ނަމަވެސް ފަހުން އެ ގަސް އިންދާފައެއް ނުވެއެވެ. އަދި އެމެރިކާއާއި ފްރާންސާއި ދެމެދު ޖިއޯ ޕޮލިޓިކްސްގައި މައްސަލަތަކެއްވެސް ޖެހިގެން ގޮސްފައިވެއެވެ..

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ގަސް މަރުވެފައިވަނީވެސް ކަރަންޓީނު ފެސިލިޓީ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް