ވިޒިޓް ލާމުގެ މިސްރާބް މިފަހަރު ޓްވިޓާއާއި ދިމާއަށް

ލާމުގެ ރީތިކަން ޕްރަމޯޓް ކުރުމަށް ލާމު އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން ހިންގަމުން އަންނަ "ވިޒިޓް ލާމު" ގެ ހަރަކާތްތައް އިތުރުކޮށް، ވިޒިޓް ލާމުގެ ޓްވިޓަރ ހޭންޑަލް އެއް ހަދައިފިއެވެ. މިހާރުވެސް ފ...

10 Jun 2019 | 14:23

ލާމުގެ ރީތިކަން ޕްރަމޯޓް ކުރުމަށް ލާމު އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން ހިންގަމުން އަންނަ "ވިޒިޓް ލާމު" ގެ ހަރަކާތްތައް އިތުރުކޮށް، ވިޒިޓް ލާމުގެ ޓްވިޓަރ ހޭންޑަލް އެއް ހަދައިފިއެވެ.

މިހާރުވެސް ފޭސްބުކް އަދި އިންސްޓަގްރާމްގައި ގިނަ ބައެއްގެ މެދުގައި މަޤްބޫލު ވިޒިޓް ލާމު އިން ޓްވިޓަރ ހޭންޑަލެއް ހެދުމަށް ނިންމާފައި މިވަނީ، ޓްވިޓަރ ބޭނުން ކުރާ ދިވެހިންގެ އަދަދު އިތުރުވަމުންދާތީ އާއި ގިނަ ބޭރުގެ ފަރާތްތަކަށް ވާސިލްވުމުގެ އުންމީދުގައި ކަމަށް ވިޒިޓް ލާމު އިން ބުނެއެވެ.

"އަސްލު މިކަންތައް އަޅުގަނޑުމެން މިކުރަނީ ލާމު ޕްރަމޯޓް ކުރަން، ލާމުގެ ހުރި ރީތިކަން، ޗާލުކަން މުޅި ދުނިޔެއަށް ދައްކަން. ދެން އަޅުގަނޑުމެންގެ ޓީމަށް ވިސްނުނީ ލާމުގެ ރީތިކަން ބޭރުގެ ފަރާތްތަކަށް ދެއްކުމަށް، ޓްވިޓަރ އަކީ މުހިންމު މީސްމީޑިޔާއެއްކަން." ދުވަސް އަށް މަޢުލޫމާތު ދެމުން ވިޒިޓް ލާމުގެ އޮފިޝަލަކު ވިދާޅުވިއެވެ.

https://twitter.com/LaamuVisit

ވިޒިޓް ލާމު އިން މިހާރުވެސް ފޭސްބުކް އަދި އިންސްޓަގްރާމްގައި ދިހަ ހާހަށްވުރެ ގިނަ ފްލޯވަރުން ތިބެއެވެ. އަދި ލާމުގެ ރީތިކަން ދައްކާލުމަށްޓަކާއާއި . ލާމު ރީތި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެފާތްތަކުން މިހާރުވެސް ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް