ސްމާޓު ފޯނު ދޫކޮށް ކުރީގެ ފޯނެއް ބޭނުންކޮށްގެން އެއް ހާސް ޑޮލަރު ހޯދުމުގެ ފުރުސަތު– ވާނެތަ ؟

އެއް ހަފްތާގެ މުއްދަތަށް ޕަބްޖީ ނުކުޅެ ހުރެވިދާނެ ހެއްޔެވެ؟ އެއް ހަފްތާގެ މުއްދަތައް ހުރިހާ ސްނެޕް ސްޓްރީކްތަކެއް ދޫކޮށް އިންސްޓަގްރާމް އަދި ފޭސްބުކާއި ދުރަށް ދެވިދާނެހެއްޔެވެ؟ އެންމެ ހަފްތާއަކަށް ސްމ...

10 Jun 2019 | 13:25

އެއް ހަފްތާގެ މުއްދަތަށް ޕަބްޖީ ނުކުޅެ ހުރެވިދާނެ ހެއްޔެވެ؟ އެއް ހަފްތާގެ މުއްދަތައް ހުރިހާ ސްނެޕް ސްޓްރީކްތަކެއް ދޫކޮށް އިންސްޓަގްރާމް އަދި ފޭސްބުކާއި ދުރަށް ދެވިދާނެހެއްޔެވެ؟

އެންމެ ހަފްތާއަކަށް ސްމާޓު ފޯނާއި ދުރަށް ގޮސް ކުރީ ޒަމާނުގެ ފަތްޖަހާލެވޭ ފޯނެއް ގެންގުޅޭނެ ފަރާތަކަށް، އެމެރިކާގެ އިންޓަނެޓް ފޯރުކޮއްދޭ ކުންފުންޏެއް ކަމުގައިވާ ފްރޮންޓިއާ ކޮމިޔުނިކޭޝަންސްއިން އެއްހާސް ޑޮލަރުގެ އިނާމެއް ހުށައަޅައިފިއެވެ. މިކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ހޮވޭ ފަރާތަކަށް މި ކުންފުނިން ހަވާލުކުރަނީ ވަރަށް ތަފާތު މަސައްކަތެކެވެ.

މިގޮތުން ހޮވޭ ފަރާތްތަކަށް މިކުންފުނިން ސްމާޓު ފޯނުގެ ބަދަލުގައި ބޭނުން ކުރާނެ ފަތްޖަހާލެވޭ ފޯނަކާއި ކިޓެއް ދެއެވެ. މި ކިޓުގައި ހިމެނޭ ތަކެތީގެ ތެރޭގައި ޖީޕީއެސްގެ ބަދަލުގައި ބޭނުން ކުރާނެ ޗާޓަކާއި، ނަންބަރުތައް ނޯޓުކޮށްގެން ގެންގުޅެން ނޯޓު ފޮތެއްގެ އިތުރުން ލަވަ ޖަހަން ސީޑީ ފަދަ ތަކެތި ހިމެނެއެވެ. ދެން ކުރަން ޖެހޭ މަސައްކަތަކީ ސްމާޓު ފޯނު ދޫކޮށް އާންމު ދިރިއުޅުމުގައި މި ކިޓުގައި ހިމެނޭ ތަކެތި ބޭނުންކޮށްގެން ކުރިން ކަންތައް ކޮށް އުޅުނު ގޮތަށް އުޅެ ލިބޭ ތަޖުރިބާ ލިޔެ ރައްކާކުރުމެވެ.

"ފްލިޕް ފްލޮޕް ޗެލެންޖް"ގެ ނަމުން ނަންދީފައިވާ މި ޗެލެންޖުގައި ބައިވެރިވުމަށް މީސްމީޑިޔާ ވަރަށް ގިނައިން ބޭނުން ކުރާ ފަރާތަކަށް ވާންޖެހެއެވެ. މި ޗެލެންޖު ނެރެފައިވާ މި ދަނޑިވަޅަކީ މޮޓޮރޮލާގެ މަޝްހޫރު ފަތްޖަހާލެވޭ ފޯނަށް 30 އަހަރު ފުރޭ ދަނޑިވަޅާއި ދިމާކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް