އަވަށްޓެރި ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައެވެ. ނަމަވެސް ރައީސް އޮފީހުން މިކަން މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސާއި ބައްދަލުކުރެއްވުމަށްފަހު ނަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލަންކާ އާއި ރާއްޖެއާއި ދެމެދުގައި އޮތީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމެއް ކަމަށެވެ. އަދި ކުރިމަގުގައިވެސް މިގުޅުން އިތުރަށް ބަދަހިވާނެ ކަމުގައި ނަމާލް ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނަމާލް ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. ނަމާލް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް